ދިވެހިރާއްޖެ އަލުން ދިވެހި ރައްޔިތުންނަށް ރައްދުކޮށްދެއްވި އެންމެ ވަރުގަދަ ބަޠަލަކީ، ބޮޑުތަކުރުފާނު ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ އުތީމަށް މިއަދު ޒިޔާރަތް ކުރައްވައި، އުތީމު ރައްޔިތުންނާ ބައްދަލުކުރައްވައި، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ ޙަޤީޤަތުގައި ދެމިއޮތުމުގައި، އުތީމުގެ ދައުރު ވަރަށް މުހިންމު ކަމަށާއި، އުތީމާ ގުޅުވައި އިވޭ އެކި ވާހަކަތަކަކީވެސް ވަރަށް މުހިންމު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، އެކަންކަމަށް ބަދަލެއް ނުގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އުތީމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވަމުން، އުތީމުގެ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ފައިސާ މިހާރުވަނީ ސަރުކާރުގެ ބަޖެޓަށް ލިބިވަޑައިގެންފައި ކަމަށާއި، އިރާދަކުރެއްވިއްޔާ، މިއަހަރު ނަރުދަމާ ޤާއިމު ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގެ ލަފާ ފުރުމުގެ ދަތިކަން ބޮޑުކަމާއެކު، ބަނދަރާ ގުޅޭގޮތުންވެސް ތަޙުލީލުތަކެއް ކޮށްދެއްވޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި، ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބޭއްވެވި އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށާއި، އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ނަޝީދު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.