ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނެޖްމަންޓް ޓީމާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، މިއަދު ފެށިގެންދިޔަ ދިރާސީ އައު އަހަރުގެތެރޭގައި ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ކުރިއަރުވައި ހަރުދަނާ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްޤީ ކުރުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނެޖްމަންޓް ޓީމާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްވިއެވެ.