ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުވާފަރު ކައުންސިލާއި، އުނގޫފާރު ކައުންސިލާއި ވަކިވަކިން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި  ކައުންސިލްތަކުން ވަނީ އެކައުންސިލްތައް ހިމެނޭ ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ކުރިޔަށް ރާއްވާފައިވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގައި ބާއްވަން ހަމަޖެހިފައިވާ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނ. އަތޮޅު ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.