ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި  ބޭފުޅަކު ޢައްޔަން ކުރައްވައި މިނިސްޓަރުގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައި، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ، ހދ. ކުޅުދުއްފުށި، ސަބުނަމީގެ، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަންއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އައްޑޫ ސިޓީ ފޭދޫ، ޕިންކްހައުސް، އަލްއުސްތާޛާ ޝިޔާމާ މުޙައްމަދެވެ.