ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރުކަމަށް ބޭފުޅަކު ޢައްޔަނުކުރައްވައި، މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ތިން ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން، އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަނު ކުރެއްވީ ހެންވޭރު ދޫރިހާ، ޢާއިޝަތު މުޙައްމަދުދީދީ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒްގެ މަޤާމަށް ފުވައްމުލައް ސިޓީ ދިގުވާނޑު، ނޫރުވާދީ، ޢަލީ ނަޛީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް، ގަލޮޅު އަލިޝާ، އަޙްމަދު ޝަރީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެނޑް ސިވިލްއޭވިއޭޝަންގެ މަޤާމަށް، މާފަންނު އުނިމާ އަޙްމަދު ޢާދިލްއެވެ.