ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރި ގެމަނަފުށްޓަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ގެނަމަފުށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބައިވެރިވި އަންހެން ބޭފުޅުން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް، ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައި މައްސަލަތައް ޙައްލުކުރާނެގޮތްތަކާ މެދު މަޝްވަރާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ މިރޭ ގެމަނަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރައްވާ ދަތުރުފުޅެކެވެ.