ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު މެންދުރު އަރިއަތޮޅު އުތުރުބުރީ ފެރިދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފެރިދޫއަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށާއި، ފެރިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި،  މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، މި ދެ ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.