ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ހެނދުނު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ފައިބައިވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށާއި، ފެރިދޫއަށް ކުރައްވާ މި ދަތުރުފުޅުގައި،  މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، މި ދެ ރަށުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.