ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަންބަލުން ފަޒްނާ އަޙްމަދު  ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރު އޮފީސްތަކުގެ ބައެއް އިސް ވެރިން މި ޖަލްސާގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.