ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރުންގެ ނައިބު ފެންވަރުގައި ފަސް މަޤާމަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ގަލޮޅު ބަހާރީގެ، ޒުހުރުﷲ ސިޔާދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ގަލޮޅު މަތިހުރާ، މުޙައްމަދު ޢާޡިމާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް މާފަންނު ޔުނިކޯން، މުޙައްމަދު އަޛުމީލާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ޏ. ފުވައްމުލަކު ދިގުވާނޑު ސަވާ، މުޙައްމަދު ޚާލިޞް ޝަރީފެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ  އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެޑްވައިޒަރުގެ މަޤާމަށް ހަމަޖެއްސެވި  ހެންވޭރު ސުނާރު  ޚަދީޖާ ނަސީމް ވެސް އެމަޤާމަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.