ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ގިރިފުށީގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ގިރިފުށީގައި ބާއްވާ 20 ވަނަ ކެޑޭޓް ކޭމްޕާބެހޭ ބްރީފިންގގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ފައިބައިވަޑައިގެންނެވުމާއެކު، އެމަނިކުފާނުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯޕްސްގެ ފަރާތުން "ގާރޑް އޮފް އޮނަރ" އެއް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ޙަރަކާތްތަށް ބައްލަވައިލައްވާފައެވެ.