ރައްޔިތުންގެ އުއްމީދުތަކާއި، ރައްޔިތުން އެދޭ ކަންކަން ހާސިލުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރު ވަރަށް މުހިއްމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަޤާމުތަކަށް އެމަނިކުފާނު ޢައްޔަނު ކުރައްވާފައިވާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެރިކަމެއް އިންތިޚާބުވެގެން މިއައީ ރައްޔިތުން ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ކަމަށާއި، އެހެންކަމުން، މިކަންކަން ހާސިލުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެވޭނެ ވަރަށްގިނަ ކަންކަން ހުންނާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގައި ހިމެނޭ ކަންކަން ފުރިހަމަކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވަންޖެހޭ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިއްމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް