ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ސްޓާފްގެ މަގާމަށާއި މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވީ ސ. މަރަދޫފޭދޫ އަލްފާޟިލް ޢަލީ ޝިޔާމެވެ. އަދި ޗީފް އޮފް ސްޓާފް ކަމުގެ މަޤާމަށް އައްޔަން ކުރެއްވީ ޏ. ފުވައްމުލައް މިސްކިތްމަގު މާހުގެ އަލްއުސްތާޛު ޢަލީ ޒާހިރެވެ.  ޗީފް އޮފް ސްޓާފްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ޒާހިރު އައްޔަން ކުރެއްވީ މިނިސްޓަރ ފެންވަރުގައެވެ.

މި ދެބޭފުޅުން މަޤާމަށް އައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.