ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް މިރޭ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުން، މެންބަރު ކަމުގެ ޤާނޫނީ ހުވައިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ  7:30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވައިކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޙްމަދު ޢަބްދުﷲ ދީދީގެ ކުރިފުޅުމަތީގައެވެ. ހުވައިކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި މެންބަރުންނާއި، އެބޭފުޅުން ޢައްޔަން ކުރެއްވި މަޤާމުތައް މިދަންނަވަނީއެވެ. 

1.    މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ ޝާހިދު، ހ.ރަބީޢީ މަންޒިލް
2.    މިނިސްޓަރ އޮފް ޑިފެންސް ކަމުގެ މަޤާމަށް  އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ މއ. ކޮމްރެޑްވިލާ
3.    މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަޤާމަށް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މ.ކޮޅުފުށީ މަލްހާރު
4.    މިނިސްޓަރ އޮފް ފިނޭންސް ކަމުގެ މަޤާމަށް އަލްފާޟިލް އިބްރާހީމް އަމީރު، ގދ.ގައްދޫ ޖަނބުރޯޒްވިލާ
5.    މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަޤާމަށް އަލްފާޟިލް މުޙައްމަދު އަސްލަމް، ގދ.ފަރެސްމާތޮޑާ ގުލްފާމްގެ.
6.    މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ކަމުގެ މަޤާމަށް ޑޮކްޓަރ އިބްރާހީމް ޙަސަން، މ.އިހަލަ
7.    މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ކަމުގެ މަޤާމަށް އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލް، ޏ.ފުވައްމުލައް ކުނަހަގާލިގެ
8.    މިނިސްޓަރ އޮފް ހެލްތް ކަމުގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ އަމީން، ގދ.ގައްދޫ ރޯޒްމާގެ
9.    މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ޢަލީ، މާފަންނު ހިޔާވަހިގެ. 
10.    މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ކަމުގެ މަޤާމަށް  އަލްފާޟިލާ ޢާއިޝަތު ނަހުލާ، ހއ. ހޯރަފުށީ ކެތި.
11.    މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ކަމުގެ މަޤާމަށް އަލްފާޟިލާ ޔުމްނާ މައުމޫން، މާފަންނު އެންދެރިމާގެ.
12.     މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަޤާމަށް އަލްފާޟިލް ޢަލީ ވަޙީދު، 
ހދ. ކުޅުދުއްފުށީ ބަނދަރު.
13.     މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް މައްޗަންގޮޅީ ބޯގަންވިލާ.
14.     މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކަމުގެ މަޤާމަށް އަލްފާޟިލާ ޒަހާ ވަޙީދު، ހެންވޭރު ހަތިހާ.
15.    މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކަމުގެ މަޤާމަށް ޑޮކްޓަރ އަޙްމަދު ޒާހިރު، މާފަންނު ރުބްނަމްވިލާ.
16.     މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް އަލްފާޟިލާ އާމިނަތު ޢާޠިފާ، މާފަންނު އާސްތާނާ.
17.     މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ކަމުގެ މަޤާމަށް އަލްފާޟިލް އަޙްމަދު މަޚްލޫފް، ގަލޮޅު ހާފްސީ.
18.     މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަޤާމަށް އަލްފާޟިލާ ޝިދާތާ ޝަރީފް، ގދ. ތިނަދޫ މާފަރު. 
19.     މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކަމުގެ މަޤާމަށް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ހުޅުމާލެ 10095.  
20.     އެޓަރނީ ޖެނެރަލް ކަމުގެ މަޤާމަށް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، މާލެ ވިލިނގިލީ ނަޖުހިޔާ.