ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ކުޅުނު ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2-1 އިންނެވެ.

މިއަދުގެ މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވާފައެވެ.