ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު ފާދިއްޕޮޅު އޮޅުވެލިފުއްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އޮޅުވެލިފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި އިއްޔެ ވަނީ ނައިފަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލާއި، އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭގެ ވަގުތެއްގައި އެއަތޮޅު ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. 

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މިއަދު ޅ. ކުރެންދޫއަށް ވަޑައިގެން އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ  ފާހަގަކޮށްދެއްވައިފައެވެ.