ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިރޭ ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ ރަށްރަށަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ވަނީ ނައިފަރަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ޅ އަތޮޅު ހޮސްޕިޓަލާއި، އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.  

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގެން އެރަށު ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށާއި، އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.