ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު އެއަތޮޅު ނައިފަރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ފައިބައިވަޑައިގެންނެވުމާއިއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ހުޅުއްވައިދެއްވައި ނައިފަރުގެ ބަނދަރު ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ހިންނަވަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ މިދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮއްދެއްވުމަށާއި، އެއަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.