ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ނޮޅިވަރަންފަރުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޮޅިވަރަންފަރު ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.

ނޮޅިވަރަންފަރުގައި މިއަދު ހުޅުއްވައިދެއްވި ބަނދަރުގެ ދިގުމިނުގައި 700 ފޫޓު ހުރެއެވެ. އަދި ފުޅާމިނުގައި 250 ފޫޓު ހުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.