ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "ރާވެރިބޭ ކޮއްތުވެނި" މިރޭ ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ރާވެރިބޭ ކޮއްތުވެނި ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ރާވެރިބޭ މައިޒާން ސަރަހައްދުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރާވެރިބޭ ކޮއްތުވެނި ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި، އެސް.ޓީ.އޯ ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ކޮއްތުވެނި ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮއްތުވެނީގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި ބައްލަވާލައްވާފައެވެ. 

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.