އެންމެ އިސްކަންދެއްވަނީ ރާއްޖޭގެ ތަރައްޤީއަށްކަމަށާއި އެއްވެސް މީހަކާ ޒާތީކަމެއް ނޯންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެމްޕެއިން އޮފީހުން އިންތިޒާމްކޮށްގެން މިރޭ ވެސްޓް ޕާރކް ސަރަޙައްދުގައި ބޭއްވެވި ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި  އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ ހިތްހަމަޖެހުންކަމަށާއި، ރަސްފަންނާއި، ރަސްރަނި ބަގީޗާ ފަދަ ތަންތަނަކީ މިކަމުގެ ހެއްކެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.