މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤްގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ރަސްމީ ފަރިއްކޮޅެއް ބާއްވަވައިފިއެވެ. މި ފަރިއްކޮޅު އޮތީ މިއަދު މެންދުރު ދަރުބާރުގޭގައެވެ.

‏ މި ރަސްމީ ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ދަޢުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ އަރިހުގައި މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް މިފަރިއްކޮޅުގައި ‏ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދެދުވަހުގެ މި ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި ރަސްމީވާހަކަފުޅުތައް ބާއްވަވާފައިވެއެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކުރައްވާފައެވެ.