ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމް، "ޕްރެޒިޑެންޓްސް ކަޕް 2017" ފުޓުބޯޅަ މުބާރާތުގެ މިރޭ ކުޅުނު ފައިނަލް މެޗް ޝަރަފުވެރި ކޮށްދެއްވައި މެޗުގެ ޗެމްޕިއަން ޓީމަށް އިނާމް ހަވާލުކޮށްދެއްވައިފިއެވެ.
މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުން މޮޅުވެ މުބާރާތުގެ ޗެމްޕިޔަންކަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ހޯދާފައިވަނީ، ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 3 ލަނޑު 0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ތަށްޓާއި ރަން މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެވެ.