ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޗައިނާގެ "ގްރޭޓް ހޯލް އޮފް ޕީޕަލް" ބައްލަވާލައްވައިފިއެވެ.

"ގްރޭޓް ހޯލް އޮފް ޕީޕަލް" އަކީ ޗައިނާގެ ބެއިޖިންގ ގައި ހުންނަ އިމާރާތެކެވެ. އަދި މި އިމާރާތަކީ ޗައިނާގެ އެންމެ ރީތިކޮށް އިމާރާތްކޮށްފައިވާ 10 އިމާރާތުގެ ތެރޭގައިވެސް ހިމެނޭ އިމާރާތެކެވެ. މި އިމާރާތް ހުޅުވާފައިވަނީ 1959 ވަނަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.