ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޗައިނާގެ ސްކޫލެއް ކަމަށްވާ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރާތް ކުރެއްވުމުން އެސްކޫލްގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލް ބައްލަވާ ލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.