"ބިނާކުރުމުގެ މަސައްކަތުން ހަމައެކަކުވެސް ބާކީވެގެން ނުވާނެކަމަށާއި ސިޔާސީ ވާދައިގެ ނަތީޖާއަކީ ދާޚިލީ ހަނގުރާމައަކަށް އެއްވެސް ޙާލެއްގައި ވެގެންނުވާނެކަމަށް " ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު ޤައުމާ މުޚާޠަބުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތައް ޤައުމީ ހަނގުރާމައަކަށް ވިޔަނުދީ ޤައުމުގެ ތަރައްޤީގެ މަސައްކަތުގައި އެންމެންވެސް ބައިވެރިވާންވާނެ ކަމުގައެވެ. މީގެ އިތުރުން ތަފާތު ވިސްނުމުގެ ތެރެއިން ޤައުމީ ފެންވަރުގެ ހަމަނުޖެހުމެއް ނުގެނެއުމަށް އަޒުމް ކަނޑައެޅުމަށާއި އެކަމަށް ފާޅުގައި މަސައްކަތްކުރެވެން ވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.