ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް މާނއެނބޫދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވާ، އެރަށުގެ ރައްޔިތުންނާ ބައްދަލްކުރައްވައިފިއެވެ.

މިއަދު މެންދުރު މާއެނބޫދޫ ސްކޫލުގައި ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތަކާ މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވުމުގައި ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކޮންމެ ސަރުކާރަކުންވެސް ބަލަންވާނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މާއެނބޫދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކޮށްދެއްވީތީ އެކަމުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން މާއެނބޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހުރިއްޔާއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން މާއެނބޫދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއާޕޯޓް ވަނީ ހުޅުއްވައިދެއްވާފައެވެ.