ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ، ނިލަންދެއަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން ނިލަންދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަނީ ދާލު އެއާޕޯޓް ހުޅުއްވައިދެއްވާ، މާއެނބޫދޫ ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.