ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏‎"‎‏ޕްރެޒިޑެންޓްސް ކަޕް ރެކްރިއޭޝަނަލް ފުޓްސަލް" މުބާރާތުގެ މިރޭ ކުޅުނު ފައިނަލް ‏‏މެޗް ‏ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިރޭ މާފަންނު ޓާރފް ދަނޑުގައި ކުޅުނު މިމެޗްގައި މުބާރާތުގެ ‏‏ޗެމްޕިޔަންކަން އެސް.ޓީ.އޯ ޓީމުން ހޯދާފައިވަނީ، އެމް.އޭ.ސީ.އެލް ޓީމާއި ބައްދަލުކޮށް 3 ‏‏ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ‏‎.‎

‏ މުބާރާތުގެ ޗެމްޕިޔަންކަން ހޯދި އެސް.ޓީ.އޯ ޓީމަށް ތަށްޓާއި ރަން މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި ފުޓްސަލް މުބާރާތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކުރައްވައިގެން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބޭއްވެވި މުބާރާތެކެވެ.