ޔުނައިޓެޑް އެރެބް އެމިރެޓްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ހިޒް ހައިނަސް ޝައިޚް ޢަބްދުﷲ ބިން ޒަޢިދް އައްނަޙްޔާން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިވައިފިއެވެ.

މިރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުންވަނީ ދެޤައުމުގެ ވަސީލަތްތަކުގެ ބޭނުން ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތަކަށް ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާ، ދެޤައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކިދާއިރާތަކުން ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.