ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ދުބާއީގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެއްކަމަށްވާ "ރާޝިދު ސެންޓަރ ފޯ ދަ ޑިސްއޭބަލްޑް" އަށް ޒިޔާރާތްކުރަށްވާ އެ މަރުކަޒުގެ ބޭފުޅުންނާ ބައްދަލްކުރައްވައިފިއެވެ.

މި މަރުކަޒުގެ މަޤްޞަދަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދީ އެކުދިންނަށް ޚާއްޞަ އުނގަންނައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.