ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ ވޯޓަރ ޕާކް މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިއީ ޒުވާނުންނާއި ކުޑަކުދިންނަށް ކުޅިވަރު ކުޅޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަންގަވައިގެން ޤާއިމްކޮށްފައިވާ ވޯޓަރ ޕާކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތިނަދޫ ވޯޓަރ ޕާކް ހުޅުއްވައިދެއްވުމަށްފަހު، ފެތުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.