ހުވަދުއަތޮޅު ދެކުނުބުރި ނަޑައްލާ ފާލްސާގޭގައި މިއަދު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، އެގޭގެ މީހުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ގެންދަވަނީ ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި، މާދަމާގެ ވަގުތެއްގައި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫގެ ވޯޓަރ ޕާކް ރަސްމީކޮށް އެމަނިކުފާނު ހުޅުއްވައިދެއްވާނެއެވެ.