ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޤާއިމްކުރި, މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ގޮފި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙަންމަދާއި، ތިނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަޞީރު ބައިވެރިވަޑައިގެންނެވިއެވެ.