ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ބިނާކުރެއްވި "މަސްޖިދުލް ތަޤްވާ" މިސްކިތް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުއްވައިދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށާއި، މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މިއަދު މަގޫދޫގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި "މަސްޖިދުލް ތަޤްވާ" މިސްކިތަކީ، ސަރުކާރުން 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ޢިމާރާތްކޮށްފައިވާ، 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެކެވެ.

އެމަނިކުފާނު، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި ސުންނަތް ނަމާދެއް ވެސް ވަނީ ކުރައްވާފައެވެ.