ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އާ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އިން އިސްނަންގަވައިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް ބޭއްވެވި މޯލްޑިވްސް އެޓް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް ބައްލަވާލައްވައިފިއެވެ. މި ފެސްޓިވަލް ބާއްވާފައިވަނީ އަލިމަސް ކާނިވާ ސަރަޙައްދުގައެވެ.

އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުނާއި، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ.