ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‎"‎‏ޕްރެޒިޑެންޓްސް ކަޕް 2016"ގެ ފައިނަލް ‏‏މެޗް ‏ޝަރަފުވެރިކޮށްދެއްވައިފިއެވެ. އަންގާރަ ދުވަހު ހަވީރު ރަސްމީ ދަނޑުގައި އޮތް މިމެޗްގައި މުބާރާތުގެ ‏‏ޗެމްޕިޔަންކަން ކްލަބް އީގަލްސް ހޯދާފައިވަނީ، ކްލަބް ޓީ.ސީ އާ ބައްދަލުކޮށް 1 ‏‏ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ‏‎.‎

‏ މުބާރާތުގެ ޗެމްޕިޔަންކަން ހޯދި އީގަލްސް ސްޕޯޓްސް ކުލަބަށް ތަށި ހަވާލުކޮށްދެއްވީ ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.