ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް މިރޭ ވަޑައިގެންފިއެވެ. ‏

ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއާޕޯޓުން، ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ރިޔާޟް ޕްރޮވިންސްގެ ގަވަރނަރ، ޕްރިންސް ފައިސަލް ބިން ބަންދަރ ބިން ‏ޢަބްދުލްޢަޒީޒެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.