ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޒިޔާރަތުގައި، އެ މަރުކަޒު އިތުރަށް ހަރުދަނާ ކުރުމަށް ‏‏އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ މަރުކަޒުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. ‏