ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ މި އޮގަސްޓު މަހުގެ 16 އިން 18 އަށް މެލޭޝިޔާގެ ޕުތްރަޖަޔާ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު "ބްލޫ އޯޝަން ސްޓްރެޓެޖީ"ގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނުވަނީ މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރާ އަދި ފަލަސްޠީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްއާވެސް ވަނީ ބައްދަލުކުރައްވަވާފައެވެ.