"ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް 2016" ގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. އާދީއްތަދުވަހުގެ ރޭ ސޯޝަލް ސެންޓަރގެ އިންޑޯ ހޯލްގައި އޮތް މިމެޗްގައި، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާ ބައްދަލުކޮށް ތިން ސެޓު އެއް ސެޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ، ޕޮލިސް ކްލަބުންނެވެ.

ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕޮލިސް ކަލަބަށް ޗެމްޕިއަން ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.