އޭޝިޔާގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ ސީކްރެޓް ރެސިޕީގެ ރެސްޓޯރަންޓެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު މާލޭގައި ހުޅުއްވައިދެއްވައިފިއެވެ. މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސީކްރެޓް ރެސިޕީ ރެސްޓޯރެންޓް ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ގޮތުން، ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އަލްފާޟިލް އާމިރު މަންސޫރު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ސީކްރެޓް ރެސިޕީގެ މެނޫއެއް އެރުއްވިއެވެ. މި ރެސްޓޯރަންޓް ހުޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންނެވެ.