ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ‏ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމަށް، މއ. ސިގްމާ، އަލްއުސްތާޛު ‏މުޙައްމަދު މުޖުތާޒްއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒްގެ މަޤާމަށް، މއ. ކިނބިގަސްދޮށުގެ މުޙައްމަދު ޣައްސާން މައުމޫންއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ރިލޭޝަންސްގެ މަޤާމަށް، މއ. ދިލާސާގެ މުޙައްމަދު ލުވެއިޒް ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.