ރައީސުލްޖުމްހޫރިއްޔާ،‏ ‏ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް މަޤާމަށް، މ. އާސްތާނާ، އަލްއުސްތާޛާ ‏ޢާއިޝަތު ޢާޒިމާ ޝަކޫރު ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ. ‏އެކަމަނާއަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްއުސްތާޛާ ‏ޢާއިޝަތު ޢާޒިމާ ޝަކޫރު މަޤާމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ.