بســم اللّـه الرّحمـن الرّحيــم
    
ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، އެބޭފުޅުންގެ ޕްރެޒެންޓޭޝަންގައިވެސް    އެ ވިދާޅުވި ފަދައިން، ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކީ ޒުވާނުން. އަދި ހަމައެކަނި ޒުވާނުންނެއް ނޫން. ދިވެހިރާއްޖޭގެ މުޅި އާބާދީގެ 60 ޕަސެންޓަކީ މިހާރު ސްމާރޓް ފޯނު ގެންގުޅުއްވާ ބޭފުޅުން. ސްމާރޓް ފޯނުން އިންޓަރނެޓަށް ވަދެވޭ. އަދިވެސް އެހެން ބައިވަރު ކަންތައްތައް ކުރެވޭ ފޯނުތަކަށް މި ކިޔަނީ ސްމާރޓް ފޯނު. އެހެންވީމާ، އަޅުގަނޑުމެންގެ އާބާދީގެ 60 ޕަސެންޓް ފޯނު ގެންގުޅޭ ފަރާތްތަކުން ސްމާރޓް ފޯނު ގެންގުޅުމަކީ، އަޅުގަނޑު ދެކޭގޮތުގައި ހަމަ ދިވެހިރާއްޖެއަށްވެސް ލިބޭ ފަޚްރެއް.
 
 އާދެ، އާ ޓެކްނޯލޮޖީއަކީ އަޅުގަނޑުމެން މުޅި އާބާދީގެ ވަރަށްބޮޑު ބަޔަކަށް އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ޒުވާނުންނަށާއި، ކުޑަކުދިންނަށާއި، ސްކޫލްތަކަށާއި އަދި ހަމައެހެންމެ ސަލާމަތާބެހޭ ފަރާތްތަކަށްވެސް ވަރަށް މުހިންމު ކަމެއް މިއަދުގެ ޓެކްނޯލޮޖީއަކީ. އަދި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ސިޓީއެއް ފުރަތަމައިނުންވެސް މާލެއާއި ހުޅުމާލެ ސްމާރޓް ސިޓީއެއް ހެދުމަށް އުރީދޫން އިސްނެގުމަކީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. އެބޭފުޅުންގެ އިނީޝިއޭޓިވްތަކުގެ ތެރެއިން ދޯހާ އެއީ، އެބޭފުޅުންގެ ދަތުރުގެ ކުންފުންޏެއް އުރީދޫއަކީ. އެބޭފުޅުންގެ ދޯހާ ނަގާފައި މިހާރު ރާއްޖޭގައި ފެށްޓުމަކީ އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. މިއިން ދައްކައިދެނީ ރައީސް ޔާމީންގެ މިއަދުގެ އިޤްތިޞާދީ ސިޔާސަތުތަކާއި އަދި ދިވެހިރާއްޖޭގައި އޮތް ހަމަޖެހުން.
 
އާދެ، އަޅުގަނޑުމެން ކުރިއަށް ދާން ބަލާއިރުގައި، އަޅުގަނޑުމެން މިހާރު ހުޅުމާލޭގެ ދެވަނަ ފޭސްވެސް ތަރައްޤީ ކުރަމުންދާއިރުގައި، ދެވަނަ ފޭސްއަކީވެސް އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބައިވަރު އިންފްރާސްޓްރަކްޗަރ، ޚާއްޞަކޮށް، އިންފޮމޭޝަން ޓެކްނޮލޮޖީއަށް ކަނެކްޓިވިޓީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިރާދަކުރެއްވިއްޔާ މާލެއާއި ހުޅުމާލެއާ ސްމާރޓް ސިޓީ ހެދުމަށްފަހު، ހުޅުމާލެ ފޭސް 2 އާވެސް ސްމާރޓް ސިޓީ ހެދުމަށްޓަކައި އަޅުގަނޑުމެން އެބޭފުޅުންނާވެސް ވާހަކަ ދައްކާނަން. އަދި އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހުޅުމާލެ ފޭސް 2 އަކީ ޒުވާނުންގެ ސިޓީ، އާދެ، ޔޫތު ސިޓީ. އެތަންވެސް ސްމާރޓް ސިޓީއަކަށް ވެގެން ދިޔުމަކީ، އަޅުގަނޑު ދެކޭގޮތުގައި، އެތައް ބަޔަކަށް ޓެކްނޯލޮޖީ ބޭނުންކޮށްގެން އިޤްތިޞާދީ އެތަކެއް މަންފާއާއި އަދި ދަސްކުރުމާއި، ދަސްވެނިވުން ކަމުގައިވީނަމަވެސް އަދިވެސް ބައިވަރު ކަންތައްތައް، އޭގެ ސަބަބުން ފުޅާވެގެންދާނެ.
 
އާދެ، އިނޮވޭޝަނަކީ މިއަދު އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީގެ މަރްޙަލާގައި، ތަރައްޤީގެ އަވަސްމިނުގައި އަޅުގަނޑުމެން ދަތުރުކުރާއިރުގައި، އިނޮވޭޝަނަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު ކަންތައް. އާދެ، އިނޮވޭޝަން ބޭނުންކޮށްގެން، އަޅުގަނޑުމެން ސްމާރޓް އައިޑިއާސް ނެރެގެން އަޅުގަނޑުމެންގެ މިހިރަ ޖިއޮގްރަފިކަލީ، އަޅުގަނޑުމެންގެ ރަށްތައް ބެހިފައި މިއޮތް ގޮތުން އަޅުގަނޑުމެންނަކީ ތަރައްޤީވާން އުނދަގޫ ބައެއް. އެހެން ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، މި ޤައުމުގައި އިންވެސްޓް ކޮށްގެން ތިބި އުރީދޫފަދަ ކުންފުނިތަކުން ދިވެހިރާއްޖޭގައި ހަމައެކަނި ޕްރޮފިޓަކަށް ނޫން، އެބޭފުޅުންވެސް ކޮމިއުނިޓީ ޚިދްމަތަށާއި އަދިވެސް ދުނިޔެއަށް ތަޢާރުފް ކުރެވޭ މިކަހަލަ ތަފާތު ޚިދްމަތްތައް، ވީހާވެސް އަވަހަކަށް ދިވެހިރާއްޖޭގައި ތަޢާރުފްކޮށްގެން ގެންދިޔުމަކީ، އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖެއަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއް.
 
 
So I would like to thank Ooredoo and it’s an honour to have the Chairman here. Your M.D and the team is working very hard to bringing good services to the community, to the people of Maldives. Thank you very much for choosing Male’ and Hulhumale as the next two cities after Dhoha.

This shows your priority to Maldives. It may be a small market but it will be a key market because we are marking on a very ambitious development plan. President Yameen has embarked a very ambitious economic on an economic agenda which will diversify our economies it will create new industries, new cities and we believe the key for the development is innovation and technology. So we would like to invite Ooredoo to be a partner, a key partner in our all the developments.

So Thank you for your initiatives and giving priority for Maldives once again. So thank you very much.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه