އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ވަރލްޑް ކަޕް ކޮލިފައިންގެ މެޗަށް ތައްޔާރުވަމުންދާ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުންތައް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ބައްލަވާލައްވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޤައުމީ ޓީމުގެ މެނޭޖަރ މުޙަންމަދު ލަޠީފާއި، އެފް.އޭ.އެމް ގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ޢަދީލް ޖަލީލެވެ. މިއަދުގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން ޤައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤް ވަނީ ޤައުމީ ޓީމުގެ ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. އަދި، ޓީމުގެ ކުޅުންތެރިންނާއި ކޯޗާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށްފަހު، ކުރިއަށް އޮތް މެޗުގައި މޮޅަށް ކުޅެ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤާއުމީ ޓީމުގެ ހުރިހާ މެންބަރުންނަށް ހިތްވަރުދެއްވިއެވެ.