ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަން ޔޫބީލްގެ މުނާސަބަތުގައި ބާއްވާ "އިންޑިޕެންޑެންސް ގޯލްޑަން ޖުބިލީ ގްލޯބަލް ވެޓަރަންސް ފުޓްބޯލް ޓޯނަމަންޓް 2015" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހު 3 އިން 6 އަށް ޤައުމީ ފުޓުބޯޅަ ދަނޑުގައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރީ ރާއްޖެއާއި ސިންގަޕޫރެވެ. މި މެޗް 2-1 އިން ކާމިޔާބު ކުރީ ރާއްޖޭގެ ޓީމެވެ.
މެޗު ފެށުމުގެ ކުރިން "އިންޑިޕެންޑެންސް ގޯލްޑަން ޖުބިލީ ގްލޯބަލް ވެޓަރަންސް ފުޓްބޯލް ޓޯނަމަންޓް 2015"ގެ ތަށި ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރެއްވިއެވެ.