ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޢާއިލީ ހަވީރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ.

ކަޅުތުއްކަލާ ކޮށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ސިފައިންގެ ޢާއިލީ ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.