ރާއްޖޭގައި މަތީ ތަޢުލީމުދޭ ޕްރައިވެޓް ކޮލެޖްތަކުގެ އިސްވެރިންނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙްމަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ޓްރެއިނިންގ ރޫމްގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.