‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމް، ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިއަދު ‏‏މެންދުރުފަހު ވަޑައިގެންފިއެވެ. ‏

‏އިސްލާމްއާބާދުގެ ވައިގެ ބަނދަރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ‏‏ވިދާޅުވީ، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ‏‏ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މަތިންދާބޯޓުން ފައިބާ ‏‏ވަޑައިގަތުމާއެކު‏ 21 ބަޑީގެ ސަލާމެއް އެރުވުނެވެ. ‏

‏މިއަދުން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ‏‏‏މި ދަތުރުފުޅުގައި، ‏ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏‏ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ‏ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ‏‏ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.‏ ‏